ހއ. ހޯރަފުށީ ހުންނަ އެ އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތު ދުވަހު، އެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ވަނީ، 301000.00 (ތިންލައްކަ އެއްހާސް) ރުފިޔާ ހޯދާފައެވެ.
ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހިމެނޭހެން ޖުމްލަ ބާރަ ގްރޫޕަކަށް ބަހާލައިގެން މަސައްކަތް ދުވަހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ ގްރޫޕްތަކުގައި އެ ސްކޫލުގެ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުން ހިމެނޭހެން 70 ސްޓާފުން ވަނީ ބައިވެރިވެފައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 16:30 އަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ޕީޓީއޭ ފަންޑަށް ވަނީ އެ ރަށުގެ ވިޔަފާރި ވެރިންނާއި ޒުވާނުން ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފައިސާގެ ތަފްސީލް
- އެލްކޭޖީ – 22500.00 ރުފިޔާ
- ޔޫކޭޖީ – 17065.00 ރުފިޔާ
- ގްރޭޑް 1 – 27631.00 ރުފިޔާ
- ގްރޭޑް 2 – 25200.00 ރުފިޔާ
- ގްރޭޑް 3 – 40000.00 ރުފިޔާ
- ގްރޭޑް 4 – 20000.00 ރުފިޔާ
- ގްރޭޑް 5 – 27480.00 ރުފިޔާ
- ގްރޭޑް 6 – 20665.00 ރުފިޔާ
- ގްރޭޑް 7 – 26000.00 ރުފިޔާ
- ގްރޭޑް 8 – 22689.00 ރުފިޔާ
- ގްރޭޑް 9 – 22020.00 ރުފިޔާ
- ގްރޭޑް 10 – 22000.00 ރުފިޔާ
ހެޔޮއެދޭ ފަރާތްތަކުން : 7750.00 ރުފިޔާ
ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތް ދުވަހު އެހީތެރިކަން ފޯރުކޮށް ދެއްވި އެންމެހާ ފަރާތްތަކަށް ޕީޓީއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!