ފިނޭ އަދި ފޯކައިދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ސޮއިކޮށްފި

4F58BD14-0E5E-48E1-B668-83258F6202C2

ހދ.ފިނޭ އަދި ށ.ފޯކައިދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

ށ.ފޯކައިދޫގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ފެނަކައާއި ވަލީދު ކޮންސްޓްރަކްޝަން އާއި ދެމެދު ސޮއިކޮށްފައިވާއިރު މި ޕްރޮޖެކްޓަކީ 5660951.96 ރުފިޔާ ގެ ޕްރެޖެކްޓެކެވެ.

އިއްޔެ މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވަލީދު ކޮންސްޓްރަކްޝަން ގެ އޯނަރ އަލީދު އަބުދުލް ޤާދިރު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

މި މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 19/04/2020 ގައެވެ.

މީގެ އިތުރުން އިއްޔެ ވަނީ ހދ.ފިނޭ ގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ޕްރޮޖެކްޓްގައިވެސް ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން އަލަށް އިމާރަތްކުރާ މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަންއާއެވެ.

5249479.62 ރުފިޔާގެ މި ޕްރޮޖެކްޓް ގައި އެލް.އެފް ކޮންސްޓްރަކްޝަންގެ ފަރާތުން ޑިރެކްޓަރ އަހްމަދު ފިރާގު ސޮއިކޮށްފައިވާއިރު ފެނައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

މި މަސައްކަތްވެސް ނިންމަންޖެހޭ ތާރީހަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށްށެވެ.

ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި