ދުނިޔޭގެ އެންމެ ބޮޑު ގޯލްޑް ފިޝް ފްރާންސްގެ ކުޅިއެއްގައި، 31 ކިލޯ ހުރި

One Of World's Biggest Goldfish

ގޯލްޑް ފިޝް އޭ ބުނުމުން ކޮންމެ މީހެއްގެއް ހިތަށް އަންނާނީ ގެއެއްގެ ތެރޭގައި ހުންނަ ބޮޑު މަސް ޓޭންކެއް ނުވަތަ ބިއްލޫރި ބޯތައްޓެއްގެ ތެރޭގައި ގެންގުޅޭ މަހެކެވެ.

ގޯލްޑްފިޝް އެއް 31 ކިލޯ ހުންނަ ވަރަށް ބޮޑު ވެދާނެ ކަމަކަށް މީހަކު ހިތަށްވެސް ނާރާނެ އެވެ. ނަމަވެސް، މިފަހަރު ފްރާންސްގެ ޝެމްޕެއިން ރީޖަންގެ އައްސޭރި ފަށުގެ ކުޅިއަކުން ފެނިގެން އުޅެނީ އާދަޔާ ހިލާފު ބޮޑު ގޯލްޑް ފިޝްއެކެވެ.

"ދި ކެރޮޓް" ނަމުން ނަން ދީފައިވާ އެ ގޯލްޑް ފިޝް އެ ކުޅީގެ ތެރޭގައި އުޅޭތާ މިހާރު 20 އަހަރު ވެއްޖެ ކަމަށް މި މަސް ހޯދި މީހުން ކުރި ދިރާސާއިން އެނގިފައިވެ އެވެ. މި ގޯލްޑް ފިޝް ފެނިފައިވަނީ މަސްވެރިއަކަށެވެ.

އޭނާއަށް އެ ގޯލްޑް ފިޝް ހިފުނީ 25 މިނެޓުގެ މަސައްކަތުން ކަމަށްވެ އެވެ.

މަސް ހިފައި ފޮޓޯ ނެގުމަށް ފަހު އޭނާ ވަނީ އެ ގޯލްޑް ފިޝް އަލުން ކުޅިއަށް ދޫކޮށްލާފައިފަ އެވެ.

ގޯލްޑް ފިޝްއެއް މިހާ ބޮޑުވުމަކީ މިފަދަ ކުޅިތަކަސް ދޫކޮށްލާއިރު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ކުޅިތަކާއި ކޯރުތަކަށް އާންމުން އުކާ ކާއެއްޗެހި ކައިގެން އެފަދަ މަސް ބޮޑުވާއިރު އެފަދަ މަސްމަހާ މެހިން އެ ފެންގަނޑު ތަގައްޔަރުވެ އެވެ.

ނޯތް އެމެރިކާގައި މިދިޔަ އަހަރުން ފެށިގެން އޮންނަނީ ގޯލްޑް ފިޝް ފަދަ ޕެޓުގޮތުގައި ގެންގުޅޭ މަސް ކޯރާއި ކުޅިއަށް ބޭނުން ނެތުމުން ދޫނުކޮށްލުމަށް އަންގައިފަ އެވެ. އެ ގައުމުގެ ސަރުކާރުން އެފަދަ ސަރަހައްދުތަކުގައި ނެރެފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުގައި އެ މަސްތައް ހީނުކުރާވަރަށް ބޮޑުވެ، ފެންގަނޑު ތަގައްޔަރުވެ ކޮލިޓީ ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ.

މީގެ ކުރިން އެންމެ ބޮޑު ގޯލްޑްފިޝް ފެނުނީ 2019 ވަނަ އަހަރު އެމެރިކާގެ މައިނެސޮޓާއިންނެވެ. އެ ގޯލްޑްފިޝް 13 ކިލޯ ލުޔެއެވެ.

އޭގެ ފަހުން އެ ސްޓޭޓްގެ ކުޅިތަކާއި ކޯރުތަކުން 50،000 ގޯލްޑްފިޝް 2020 ވަނަ އަހަރު ނަގާފައިވެ އެވެ. އެ މަސްތަކަކީ ގޭގޭގައި އެ މަސްތައް ގެންގުޅުނު މީހުން އުކާލާފައި ހުރި އެއްޗެހި ކަމަށް ލަފާކުރެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *