އަންނައަހަރުގެ ފެބްރުއަރީން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނީ މުއްދަތުހަމަނުވާ ޑޮކިއުމެންޓް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރ އެއްގައި ވިދާޅުވެފައިވަނީ އަންނައަހަރުގެ ފެބްރުވަރީ 23 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވެނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އައިޑީ ކާޑު، ވާރކް ވިސާ، ލައިސަންސް ކާޑު ކަމަށެވެ. އަދި އެއަރޕޯޓު ސެކިއުރިޓީ ފާސް، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަމްބަރު ޖެހި ރަސްމީ ލިޔުން ވެސް ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ނަމައެވެ.

Ad
rt

މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް-19 ގެ ސަބަބުން އެފަދަ ލިޔެކުއުންތައް ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އެ މިނިސްޓްރީން ވަނީ އެތެރެގޭ އުދުހުންތަކުގައި އެފަދަ ލިޔެކުއުންތަކުގެ މުއްދަތު ހަމަވެފައިވީނަމަވެސް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފަ އެވެ.

އެގޮތުން ޓިކެޓް ގަތުމަށާއި އެއަރލައިންއަށް ޗެކިންގ ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓުތަކުނ،ް ކާކުކަން ދެނެގަތުމަށް އެފަދަ ލިޔެކިޔުންތައް އަންނަނީ ބޭނުން ކުރަމުން ނެވެ.

އެހެންނަމަވެސް، ޑިފެންސް މިނިސްޓްރީގެ އެ ނިންމުން ބާތިލު ކުރައްވާފައި މިވަނީ ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވެފައިވާތީ އެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައި އޮތް ސިއްހީ ކުއްލި ހާލަތު އުވާލާފައިވަނީ 13 މާޗް 2022 ގަ އެވެ. އެ ބަލީގައި ރާއްޖެއިން ވަނީ ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ ތިން ސަތޭކަ ފަހަނައަޅައި ގޮސްފަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ 2020 ވަނަ އަހަރުގެ މާރޗު 7 ވަނަ ދުވަހު އެވެ.