އަބޫދާބީން 7 ބިލިޔަން ފީފާގެ ތެޔޮ ހޯދައި ރިޒާވް އިތުރުވެއްޖެ

C8FB36F7-03B1-49E9-8F04-B752413FD7F2

ޔޫއޭއީ ގެ ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި 7 ބިލިޔަން ފީފާގެ ތެލާއި 58 ޓްރިލިޔަން ކިއުބިކް ފޫޓުގެ ގޭސް ވަނީ އަލަށް ހޯދިފައެވެ. މިއާއިއެކު އަބޫދާބީ ގެ ތެލާއި ގޭހުގެ ރިޒާވް އިތުރުވެގެންދިޔަ ކަމަށް ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ.

ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލުން ވަނީ އެޑްނޮކް މުރުބާން ސާފުނުކުރާ ތެލުގެ އަގު ކަނޑައަޅާނެ އާ މެކޭނިޒަމެއްވެސް އިޢުލާންކޮށްފައެވެ. މި މެކޭނިޒަމް ސްޓޮކް އެކްސްޗޭންޖެއް ގައި ލިސްޓުކުރާނެ އެވެ.

ޔޫއޭއީ ގެ ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލްގެ އެނައުންސްމެންޓް ކޮށްފައިވަނީ، އަބޫދާބީގެ ވަލީ ޢަހްދު އަދި ޔޫއޭއީ ގެ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒާއިދު ބިން އާލް ނެހެޔާން ގެ ރިޔާސަތުގެ ދަށުން ބޭއްވި ބައްދަލުވުމެއް ގައެވެ. ޖުމްލަ 105 ބިލިޔަން ފީފާގެ ތެލާއި، 273 ޓްރިލިޔަން ކުއިބިކް ފޫޓުގެ ކޮންވެންޝަނަލް ގޭސް މިވަގުތު ޔޫއޭއީ ގެ ރިޒާވުގައި އެބަހުއްޓެވެ.

ޔޫއޭއީ މިހާރު ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ރިޒާވް ހަވަނަ އަށް އެންމެ ގިނައިން ހުރި ގައުމުގެ ގޮތުގައި ލިސްޓު ކުރެވިފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *