ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓާފް ކުއީންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 14، ފާތިމަތު ޒާރާ އާދަމް އެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ސަލްމާ އަލީ، (5) (ސީއެސް ވިމެންސް)
  • ފާތިމަތު ސަހުލާ،(10) ( ޒީރު ސްޓާސް)
  • ރާއިދާ މޫސާ، (17) (ސީއެސް ވިމެންސް)
  • އައިމިނަތު ސާމިލާ، (10) (ޓާފް ކުއީންސް)
  • ފާތިމަތު ޒާރާ އާދަމް، (14) (ސީއެސް ވިމެންސް)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންެތެރިން

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެއީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 17، ރާއިދާ މޫސާގެ އިތުރުން އެ ޓީމްގެ ޖޯޒީ ނަމްބަރު 14، ފާތިމަތު ޒާރާ އާދަމެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓާފް ކްއީންސްއެވެ. މުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން ކުމުންދޫގެ އެންމެ މޮޅު އަންހެން ފުޓްސަލް ކުޅުންތެރިއާއަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 14، ފާތިމަތު ޒާރާ އާދަމެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ޓާފް ކުއީންސްއެވެ. ރަނަރަޕް ޓީމަށް ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން ސީއެސް ވިމެންސް،

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީއެސް ވިމެންސްއަށް ވަނީ، ފައިސާގެ އިނާމެއްގެ ގޮތުގައި ކައުންސިލުން ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 10000 (ދިހަހާސް) ރުފިޔާގެ އިތުރުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅާފައިވާ 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ހަވާލު ކޮށްފައެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޞިލް މުޙައްމަދު ސިރާޖުއެވެ.

މުބާރާތުގެ އަންހެން ކެޓަގަރީގެ ރަނަރަޕް ޓާފް ކުއީންސް

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.