ހދ. ހަނިމާދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓް ސިސްޓަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ދެ ފަޅީގައި، ކޮންމެ ފަޅިއަކަށް ހަތަރު ލައިޓް ޕޯސްޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ޕޯސްޓެއްގައި ހަތަރު ލައިޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:30 އަށް ޔޫތު މިނިސްޓްރީއަށް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
މި މަސައްކަތާއި ގުޅުންހުރި ލިޔުންތައް:
https://storage.googleapis.com/gazette.gov.mv/docs/iulaan/102419.docx
https://storage.googleapis.com/gazette.gov.mv/docs/iulaan/102420.xlsx
https://storage.googleapis.com/gazette.gov.mv/docs/iulaan/102421.pdf
https://storage.googleapis.com/gazette.gov.mv/docs/iulaan/102422.pdf
މި ސަރުކާރުގެ ކުޅިވަރު ސިޔާތުގެ ދަށުން، ރަށްރަށުގެ ފުޓް ބޯޅަ ކުޅޭ ބޮޑެތި ދަނޑުތަކުގައި ޓާފް އަޅަން ނިންމައި، އެކަމަށް ކަނޑައެޅި ގިނަ ރަށްތަކެއްގައި މިހާރު ވަނީ ޓާފް އަޅާފައެވެ. މިހާރު ކުރަމުން އަންނީ ޓާފް އެޅި ދަނޑުތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
ޓާފް އަޅަން ނިންމި ބައެއް ރަށްރަށުގެ މަސައްކަތް އަދިވެސް ނުނިމި ހުރިއިރު، މި ދައުރު ނިމުމުގެ ކުރިން އެ ދަނޑުތަކުގެ މަސައްކަތް ނިންމުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!