ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް

މިއަހަރު ބޭއްވި މައިލޯ ނެޝަނަލް ވޮލީބޯލް ލީގުގެ މެޗެއް ކުޅެނީ: ފޮޓޯ: ވޮލީ ބޯލް އެސޯސިއޭޝަން ފޭސްބުކް ޕޭޖް
މިއަހަރު ބޭއްވި މައިލޯ ނެޝަނަލް ވޮލީބޯލް ލީގުގެ މެޗެއް ކުޅެނީ: ފޮޓޯ: ވޮލީ ބޯލް އެސޯސިއޭޝަން ފޭސްބުކް ޕޭޖް

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

'ތިލަދުން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުގެ ފަރިތަކުރުންތަކަށް ބުރޫއަރާފައިވަނީ ސޯޝަލް ސެންޓަރުގައި ކޮންމެރެއަކު ވެސް ކޮންމެވެސް އެހެން އިވެންޓެއް ބާއްވާތީ އެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއަކު ބުނިގޮތުގައި، އެންމެބޮޑު ހާސްކަމަކީ އަންނަ މަހު ސެންޓްރަލް ޒޯން މުބާރާތް އޮންނައިރު، ރަނގަޅު ޕްރެކްޓިސްއެއް ނެތި އެކަށޭނަ ނަތީޖާއެއް ނުނެރެވޭނެތީއެވެ. އަދި ސަޕޯޓަރުން އަބަދު ވެސް ބަރޯސާވާނީ މެޗުގެ ނަތީޖާއަށް ކަމަށާއި އެހެންކަމުން ޕްރެކްޓިސްއަކީ އޭގެ ތަޅުދަނޑިކަން އޭނާ ފާހަގަ ކުރިއެވެ.

"ކޮންމެ ކުޅިވަރެއްގަވެސް ސަޕޯޓަރުން ބަލާނީ މެޗުގެ ނަތީޖާއަށް. ޕްރެކްޓިސް ދިޔަގޮތެއް ދާގޮތެއް ނުބަލާނެ ގިނަފަހަރަށް. އެމީހުންނަށް (ސަޕޯޓަރުންނަށް) ނުވެސް އެނގޭނެ ދޯ ޕްރެކްޓިސްގެ ކަންތައްދާ ގޮތެއް ގިނަފަހަރަށް." އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މިކަމުގައި އެސޯސިއޭޝަންގެ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ކޯޗު ވެސް މިހާރުވަނީ ޕްރެކްޓިސް ހުއްޓާލާފަ ކަމަށެވެ. މިކަމާ ކަންބޮޑުވުން އޮތްކަން އިތުރު ބައެއް ކުޅުން ތެރިން ވެސް ވަނީ ބުނެފަ އެވެ.

މިކަމުގައި ވޮލީ ބޯލް އެސޯސިއޭޝަނުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ އެސޯސިއޭޝަންގެ ބަހެއް ލިބޭގޮތް އަދިވަނީ ނުވެފަ އެވެ. އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ވެސް ނުވާއިރު، އެސްއެމްއެސް އަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

މީގެ އިތުރުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފަށް ގުޅުމުން ވެސް އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ލިބޭގޮތް އަދިވަނީ ނުވެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *