އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން ''ތިލަދުން'' އިން ކުރި ސުވާލަކާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީންގެ ދަތުރުފުޅުތަކެއް އެބަހުރި ކަމަށެވެ.

Ad
rt

އެކަމާގުޅޭ މައުލޫމާތު މާދަމާ ހާމަކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ބޮޑު ތިލަދުން މައްޗަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ރައީސް ޔާމީން ވަނީ މިދިޔަ މަހު ފަހު ހަފްތާގައި ދ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެންފައެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.