ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ބޯހިމެނުން ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކުރައްވައިފި އެވެ.

އެމްބީއެސް އިން ބުނީ އެ މަސައްކަތް ރާއްޖޭގެ ހުރިހައި ސަރަހަައްދެއްގައި ނިންމައިލިޔަސް ގާތްގަޑަކަށް 900 އެއްހާ ތަނުގެ މައުލޫމާތު އަދިވެސްނުލިބޭ ކަމަށެވެ.

Ad
rt

އޭގެ ސަބަބެއްކަމަށް އެމްބީއެސް އިން ބުނީ ތަޅުލާފައި ހުރުމާއި ގުޅޭނެ ގޮތް ނުވުން ކަމަށެވެ. އަދި މައުލޫމާތުދޭ ވަރުގެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައިވުމުން ވެސް މައުލޫމާތު ނުލިބުމުގެ ސަބަަބެއް ކަމަށް އެމްބީއެސް އިން ބުންޏެވެ.

މީގެ އިތުރުން އެޕޮއިންޓްމަންޓް ދެވި އެ ގަޑިތަކަށް ޓީމުތަކަށް ނުދެވިހުރުން ވެސް މައުލޫމާތު އެއްނުކުރެވި ހުރިކަމަށް އެފަރާތުން ބުނެއެވެ.

އެހެންކަމުން ޢެތަންތަނުގެ މީހުންނާ ގުޅޭނެ ގޮތްތައް ހޯދައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްބީއެސް އިން ބުނެއެވެ.

އެމްބީއެސް އިން ވަނީ ލޭބަރ ކުއާޓަރ އަދި ރެޖިސްޓަރ ކޮށްގެން ހިންގާ އިގުތިސާދީ މަސައްކަތް ހިންގާ ތަންތަނާއި ބޭނުންކުރާ ތަންތަން ވެސް ވީވަރަކުން ފާހަގަކޮށް, އެ ބިއުރޯއަށް އެކަން އަންގަމުން ދިއުމަށް އެދިފަ އެވެ.

އެމްބީއެސް އިން ބުނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ މި މަހުގެ ހަ ވަނަ ދުވަހު ނެރުމަށް ކުރިން ތާވަލުކުރި ނަމަވެސް, ބޯހިމެނުން އިތުރަށް ފުރިހަމަކުރަމުން ގެންދިއުމުގެ މުހިންމުކަން ގަބޫލުކުރެވޭތީ ވަގުތީ ނަތީޖާ ވަކިން ނުނެރޭނެ ކަމަށެވެ. އޭގެބަދަލުގައި ކުރިން ވެސް ތާވަލު ކޮށްފައިވާ ގޮތަށް ދާއިމީ ނަތީޖާ މި މަހުގެ 20 ވަނަ ދުވަހު ނެރޭނެ ކަމަށް އެމްބީއެސް އިން ބުންޏެވެ.