އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފްވެފައިވާ އަލަމްގީރް ގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލްކޮށްފައިވަނީ މިއަދު 15:00 އަށެވެ. ނަމަވެސް މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ.

Ad
rt

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާތީ ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ދެން އޮންނާނީ އަވަސްނިޔާ އިއްވުން ކަމަށެވެ.

މިއިން ކޮންމެ ދައުވާއެއްގެ ހުކުމަކީ 27 ދުވަހަށް ޖަލަށްލުން ކަމަށް އޮފިޝަލް ވިދާޅުވެފައިވާއިރު، އެހެންކަމަށް ވެއްޖެނަމަ 40 ދައުވާއަށް 1080 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުންކަމުގެ ކުށް ސާބިތުވެ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް މިހާރުވެސް އަންނަނީ ތަންފީޒްކުރަމުން ނެވެ.

އެ މައްސަލައިގައި އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހީމް ރާފިއު (ދޮންދިގު) ގެ މައްޗަށް ވެސް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.