އުރީދޫ ނޭޝަންގެ ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފި

YvEAi3K8vkJ9pQkhxJRdLh-1200-80

އުރީދޫ ނޭޝަން އިން ބާއްވާ ޕަބްޖީ މުބާރާތަށް ކޮލިފައިވާ ޓީމުތައް ހޮވުމަށް ބާއްވާ ކޮންޓެންޑާ ސީރީޒްތަކުގެ ދެ ވަނަ މުބާރާތް ފަށައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ އެ ފަދަ އެންމެ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 13 އިން 17 އަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީވި ޓީމުތަކުގެ ތެރެއިން ޝަރުތު ހަމަވެގެން 89 ޓީމަކުން 500 ގޭމަރުން ވާދަ ކުރާ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ މި ސީރީޒުން މޮޅުވާ ތިން ޓީމު ރާއްޖޭގައި ބައްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތަށް ކޮލިފައި ވާނެ ކަމަށެވެ. މި މުބާރާތަށް އުރީދޫއިން ކަނޑައަޅާފައި ވަނީ 100،000ރ. ފައިސާގެ އިނާމެކެވެ.

ކޮންޓެންޑާ ސީރީޒް 2 ގެ މެޗުތައް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ފަސް ބަޔަކަށް ބަހާލައިގެން ކަމަށް އުރީދޫއިން ބުނެއެވެ.

ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ އެއް ވަނަ ޓީމަށް 10،000ރ. ދެ ވަނަ ޓީމަށް 3،000ރ. އަދި ތިން ވަނަ ޓީމަށް 2،000ރ. ލިބޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި