ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތި ބަލައި ފާސްކޮށްފައި ސްޓިކާ ޖަހަން ފަށައިފި

4D220966-38FB-4368-8949-5C7396DFD003

ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ބަލައި ފާސްކުރާ ތަކެތީގައި، އެ ފާސްކުރިކަން އަންގައިދޭ ސްޓިކާއެއް ޖަހަން ކަސްޓަމްސްއިން ފަށަައިފިއެވެ.

ކަސްޓަމްސްއިން މިދިޔަމަހު 31 ވަނަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާރުސަލް ނުވަތަ ޕެކޭޖެއް ބަލައި ފާސްކުރާނީ ވެރި ފަރާތް ނުވަތަ ވެރި ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވެއްޖެނަމަ، ލޯކަލް ކޫރިއަރ އޭޖެންޓެއްގެ ހާޒިރުގައި ކަމަށެވެ.

އިއްޔެއިން ފެށިގެން އެ ސްޓިކާ ޖަހަން ފަށާނެ ކަމަށާއި އެ ސްޓިކާ ޖަހާނީ ޕާރުސަލް ބަލައި ފާސްކޮށް ނިމި، އޭޖެންޓުން އެ ޕެކޭޖު ބަންދުކުރުމުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ސްޓިކާ ޖަހާނީ ޕެކޭޖު ބަންދުކުރި ޓޭޕުގެ މަތީގައި ހުރަސް ވާގޮތަށް ކަމަށެވެ.

އެ ސްޓިކާގައި، ޕެކޭޖް ހުޅުވި ތާރީހާއި ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަކުރިކަން އެނގޭނެގޮތަށް ކަސްޓަމްސްއިން ސޮއިކޮށްފައިވާނެ އެވެ.

އެއްވެސް އެހެން ފަރާތަކުން އެފަދަ ގޮތަކަށް ސްޓިކާ ޖަހައި ނުހެދުމަށް ކަސްޓަމްސްއިން ވަނީ އަންގާފައެވެ. އަދި ބުނީ ކަސްޓަމްސްއިން ޕެކޭޖު ބަލައި ފާސްކުރިކަން ދޭހަވާނެ މޭރުމަކުން ޓޭޕު އަޅައި ސްޓިކާ ޖަހައި ހެދުމަކީ މަނާކަމެއް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *