އުރީދޫ މޯލްޑިވްސްއިން 4 ގުނަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ އޮފަރ އެއް ތައާރަފްކޮށްފިއެވެ.
މި އޮފަރ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.
މިގޮތުން އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކާއި، އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކްގެ އިތުރުން އާޗާ 2 ޖީބީ/ޑޭ މަންތްލީ ޕެކް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ.
އުރީދޫއިން ބުނީ މި ހާއްސަ އޮފާ ފަރުމާ ކޮށްފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ ސްޓްރީމިންގް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށް ކަމަށެވެ.
އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށް ބަހާލައިފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.
އުރީދޫ އެޕް މެދުވެރިކޮށްގެންނާއި، އެސްއެމްއެސް މެދުވެރިކޮށް މި ޕްލޭންތައް އެކްޓިވޭޓްކޮށްލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!