ރައްޔިތުންގެ "މާލިމީ" ހުންނެވީ ރައްޔިތުނަށް ވާގޮތެއް ވާން!
މިހިނގާ މާރިޗް މަހުގެ 25 ވީ ބުދަ ދުވަހު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާންކަމަށެވެ. “އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފި...