•  
  •  
  •  
  •  
  •  
  •  

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް މަދަދު ދިނުމަށްޓަކައި ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ސޯލިހު ވިދާޅުވީ ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން މިއަންނަކަމަށެވެ.

” ކޮވިޑް-19އާއި ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ “

” އަޅުގަނޑުމެން މި ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން މި ދޫކުރާ ލޯނު އެހީ ލުއި ގޮތެއްގައި މި ދޫކުރަނީ ވީވަރަކުން ވިޔަފާރިވެރިންގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކިނުކުރަން އަދި ދޭން ޖެހޭ މުސާރަ މަހުން މަހަށް ލިބޭ ގޮތަށް ހެދުން. ލޯނު ދޫކުރާއިރު އެކަމަށް އިސްކަން ދޭނަން،” ރައީސް ވިދާޅުވި އެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލުއި ލޯނުތަކާއި، މަސް ގަންނަ ކުންފުނިތަކަށް ދޭ ލޯނުތަކުގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސްދޭން ހަމަޖެހިފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

” ކޮވިޑް-19އާއި ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ” އެމަނިކުފާނު ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ދަތި ދުވަސްވަރެއް ކަމަށްވުމާއެކު އާންމުންނަށް ވީ ވަރަކުން އެހީތެރިވުމަށް ވިޔަފާރިވެރިންގެ ފަރާތުން ރައީސް ސާލިހު ވަނީ އެދިވަޑައިގެންފަ އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ