•  
  •  
  •  
  •  
  •  
  •  

ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ސޯލިހު ވިދާޅުވީ މަތީ ތައުލީމް ހާސިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައިވެސް، މިދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ހަ މަހަށް ފަސްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު އޮތް ސްޓޫޑެންޓް ލޯނު ސްކީމް، ކަނޑައެޅިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށާއި ދަރިވަރުންނަށް ލޯނު ފައިސާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިކޮނޮމިކް ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.

 

ޚިޔާލު

Your email address will not be published.

More in ރާއްޖެ