•  
  •  
  •  
  •  
  •  
  •  
ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.
އެކަން ޢިއުލާން ކުރެއްވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ޞާލިޙެވެ. އެ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވަނީ މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދަނީ ފަސް މީހުންނަށްކަން ހާމަކުރައްވާފައެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު ރަނގަޅުވި ތިން މީހުން ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ނިންމީ ކޮވިޑް-19 އަށް ޑަބަލް ނެގެޓިވްވުމާ ގުޅިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެމީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު އިތުރަށް މޮނީޓާކުރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ