ހުރިހާ ރަށެއްގައި 1 މަހަށް ވާ ވަރަށް ކާޑު ހުސްނުވެ ހުންނާނެ: ރައީސް

BD26DC6F-FB75-47B8-8B86-923B0E1326CE

ކުރިއަށް އޮތް އެއް މަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގައިވެސް ހުސްނުވެ ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެކިފަރާތް ތަކުން ވާހަކަ ދެއްކާ މިދަނޑިވަޅުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި 10 މަސް ދުވަހުގެ މުއްދަތައް ވާ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ އެތެރެކުރާނެ، އަދި އޭގެއިތުރުން ފަސް މަހަށް ވާވަރަށް ފުށްވެސް އަންނަ މަހު ރާއްޖެ ގެންނާނެ

ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާރަށެއްގެ ކައުންސިލްތަކުން އެރަށަކުން ކާޑު ހުސް ލިބެން ހުންނާނެކަން ޔަގީން ކުރާނެކަމަށާއި އެލްޖީއޭއާއި ގުޅިގެން އެކަންކަން ކޮންމެ ދުވަހަކު މޮނީޓަރ ކުރެވެމުން ދާނެކަމަށެވެ. އަދި ހުސަވެދާނެ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މާލެއިން އެރަށްރަށް ކާޑުފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު ކާޑުގެ ބާވަތް ރަށްރަށުގައޖ ހުރި މިންވަރުގެ ރިޕޯޓެއް މިރެއިން ފެށިގެން އެމަނިކުފާނަށް ލިބިލައްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް ގެނެސް އުޅޭ އިންޑިއާ ލޮކްޑައުންގެ ހާލަތަކަށް ގެންގޮސްފައިވާއިރު ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން އިއްޔެ ވަނީ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ފާހަގަ ކޮށްފައެވެ.

ހައި ކޮމިޝަނުން އިއްޔެ ބުނީ 20 ދުވަހަށް ބޭނުން ކުރެވޭ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ ގެނައުމަށް މިހާރުވެސް މަސައްކަތް ކުރާ ކަމަށާއި އަދި އެ ތަކެތި މިހާރު އައުމުގެ މަގުމަތީގައި އުޅޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މީގެކުރީންވެސް ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ރައްޔިތުންނަށް އަރުވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި