ރައީސް ޞާލިޙު އދ.ގައި ދެއްވި ތަޤުރީރުގައިވާ މައުނަވީ އަސަރު
ފުރަތަމަ ވަޑައިގެންނެވީ ތާރީޚުގެ ތެރެއަށެވެ. މީގެ 56 އަހަރު ކުރިއަށެވެ. ދިވެހީންނަށް މިނިވަންކަން ލިބުނު ލިބުމާއެކު އދ.ގެ މެންބަރަކަށް ވާން އުޅުނު ދުވަސްވަރަށެވެ. އެ ދުވަސްވަރު ރައީސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތައް ލޫދެމުން، ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާނެއްގެ ގޮތުގައެވެ. ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެއްގެ ގޮތުގައެވެ. ރައ...