ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

Raees Solih

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅު ނިންމަލާޥލެއްވި އިއްޔެއެވެ. މި ފަތުރުފލޫގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި، އެކު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވީ ރޭއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ 4 ރަށަކަށް އަދި ރ. ަތޮޅުގެ 5 ރަށަކަށް އެމަނިކުފާނު ޒިޔާރާތްކުރެއްވިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި، ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވާ އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ހޯއްދަވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ކުރެއްވި ބައެއް ހާއްސަ ކަންތައްތަކުގެ ތެރޭގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާޙްކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަށްރަށުގެ ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ށ. ފޯކައިދޫ އާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުންނާއި ބައްދަލުކޮށްލައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ރ އަތޮޅު ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރ. ރަސްގެތީމުގެ އާސާރީ ޒިޔާރާތް ބައްލަވައިލައްވާފައެވެ. ހަމަ އެއާއެކު ރ. އަނގޮޅިތީމުން ފެނިފައިވާ އާސާރީ ތަކެތިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވާލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *