މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ބޯޑަކީ 7 ޑިރެކްޓަރުންގެ މައްޗަށް އެކުލަވާލައިފާ ބޯޑެކެވެ. އެ ބޯޑުގައި ތިބޭނީ ސަރުކާރުން އައްޔަން ކުރާ 5 ޑިރެކްޓަރުންނާއި އާއްމު ހިއްސށދާރުންގެ ތެރެއިން ހޮވާ ދެ ޑިރެކްޓަރުންނެވެ
އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ދެ މެމްބަރަކު އައްޔަން ކުރާނީ މިއަހަރު ބާއއވާ އަހަރީ އާއްމު ޖަލްސާގައެވެ. އެ މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން އިވެލުއޭޓް ކުރުމަށް ފަހު، އެ ޖަލްސާ އަށް ނަންތައް ހުށަހަޅާނީ ބޯޑުންނެވެ.
އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން އަންނަ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. އެކަމަށް ބޭނުންވާ ފޯމުތައް އެމްޓީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!