ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިިއީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރި މަޝްރޫއެކެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 40.4 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް، ބޭރުތޮއްޓަކާއި އެއްގަމުތޮއްޓެއް ލައި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، ގްރޮއިން ވަނީ ޖަހައިފައެވެ. އަދި 2641 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި ބުރިޖެއް ހަދައި ބަނދަރު ބައްތި ވަނީ ހަރުކޮށްފައެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!