ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުން ކުރުމާއި ނެރު ފުންކުރުމާއި ބޭރިތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 35.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެެދިޔަ ތިން އަހަރު ތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.