ފަރެސްމާތޮޑާ އެއާޕޯޓުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަޔަ ބިލްޑިންގެ 95 އިންސައްތައާއި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ 80 އިންސައްތަ މަސައްކަތް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ...