ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.
މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަހައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!