ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ފަޔަ ބިލްޑިންގެ 95 އިންސައްތައާއި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ 80 އިންސައްތަ މަސައްކަތް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި، ފަޔަ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.