މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިދުމަތް ދޭ ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ބަހާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކުން، ގޮނޑިތަކުގެ ފަހަތުގައި ބޭއަދަބީ ކުރެހުމާއި ލިޔުން ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބަހާއި ފެރީގެ ހިދުމަތަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކުންވެސް ހޯދާ ހިިދުމަތެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މަދު ބައެއްގެ ފަރާތުން ފެންނަ އެފަދަ ބޭއަދަބީ ކަންކަމުގެ ސަބަބުން ދަތުރު ކުރާ ފަރާތްތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އާރުޓީއެލްގެ ދަށުން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ގޮނޑިތަކުގެ ފަހަތުގައި ބޭއަދަބީ މަންޒަރާއި ލިޔުން ލިޔެފައި ހުންނަކަން ފާހަގަކުރެވި ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!