ހއ. މޮޅަދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ.

Ad
rt

މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ.

ޒޯން 1 ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. އެ ހުރިހާ އަތޮޅެއްގައި ހައި ސްޕީޑް ފެރީގެ ހިދުމަތް މިހާރި ވަނީ ފަށައިފައެވެ.

ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މޮޅަދޫގެ އިތުރުން މާރަންދޫ، ތުރާކުނު، ބާރަށް، ތަކަންދޫ އަދި އުލިގަމުގެ ފެރީ ހަޓްގެ މަސައްކަތް މިހާރި ވަނީ ނިމިފައެވެ.