ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް
ކޯވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި، ރައްކާތެރިކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްދިނުމަށް ހދ. މަކުނުދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ” ކޯވިޑް -19 ރޯގާ އާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަ...