ރަށްރަށުން ނަމޫނާ ދައްކާއިރު، ބައެއް ކައުންސިލް ތަކާއި މަރުކަޒުގެ އިސް ވެރިން ނިދާފަ!

870358F9-D90B-4E8D-9DB1-5D1E7EAAAAB5

ކޮވިޑް-19އިން ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރި ކުރުމަށް ބައެއް ރަށްރަށުގެ ކައުންސިލާއި، ހެލްތު ސެންޓަރާއި، ކޮވިޑް-19 ޓާސްކު ފޯހާއި، އަދި އެނޫންވެސް ކަމާއިބެހޭ ފަރާތްތައް ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާ މިދަނޑިވަޅުގައި ބައެއް ރަށްރަށް އޮތީ މިކަމުގައި ވަރަށް ފަހަތުގައެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރަށުފެންވަރުގައި އެކިރަށްރަށުގެ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އަންނަނީ ތަފާތު އެކި ކަންކަން ހިނގަމުންކަން ފާހަަގަ ކޮށްލެވެ. ރަށުގެ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ރައްޔިތުން އަމަލުކޮށް، ސަމާލުކަންދޭންވީ ގޮތުގެ އިރުޝާދުތައް އަދި ރަށު ތެރެ ސާފުކުރުމާއި ރަށަށް އަރާ ފައިބާ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި މަޢުލޫމާތު އެއްކުރުމާއި މަގުމަތީގެ އިތުރުން އާންމުގޮތެއްގައި މީހުން ޚިދުމަތް ހޯދަން ދާތަންތަނުގައި އަތްދޮވެވޭނެ ގޮތާއި ސެނަޓައިޒަރ ބޭނުންކުރެވޭނެ ގޮތުގެ އިތުރުން ތަފާތު ކަންކަން ކުރުމަށް ކޮމެޓީތަކާއި ޓާސްކްފޯސްތައް އެކުލަވާލެވި، މަސައްކަތްތައް ބަހާލެވިގެން އަންނަނީ ކުރަމުންނެވެ.

މިކަންކަން ރާވާހިންގަމުން އަންނަ ހަރަކާތްތެރި ރަށްރަށަކީ ނިސްބަތުން މަދު ރަށްތަކެއްކަން ފާހަގަ ކޮށްލެވެ. ކައުންސިލް ތަކާއި މިކަމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތް ކުރަމުންދާގޮތް އެކި ރަށްރަށަށް ގުޅާ ބަލާލުމުން ފާހަގަވީ ކަމަކީ މިކަމުގައި ހަރަކާތްތެރިވެ އުޅެނީ މަދު ރަށެއްގައި ކަމެވެ. ގިނަ ރަށް ރަށުގައި ރައްޔިތުން ހޭލުންތެރިކޮށް ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ފާހަގަ ކޮށްލެވެ.

އެގޮތުން ތިލަދުންމައްޗަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ރައްޔިތުން ތިބީ މާޔޫސްކަމާއި ހާސްކަމެއްގެ ތެރޭގައެވެ. ބަޔެއް ރަށްރަށުގައި ޓާސްކްފޯސް އެކުލަވާލެވިފައި އޮތީ ނަމަކަށެވެ. ފުރިހަމައަށް ހަރަކާތްތައް ނުހިންގާއިރު ރައްޔިތުންނަށް އެކަށީގެންވާ މަޢުލޫމާތު ހިއްސާ ނުކުރާކަމީ ހިތާމަހުރި ކަމެކެވެ. ރަަށަށް އަރާ މީހުންގެ ޓެމްޕްރޭޗަށް ބެލުމާއި ރަށަށް އަރާ ބަނދަރުގައި އަތްދޮވެވޭނެ އިންތިޒާމް ހަމަ ޖެއްސުމަކީ މަޖުބޫރުކަމަށް އަދި ނުވެއެވެ. ނަމަވެސް މިކަން ކަން ކުރަނީ ރަށުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަމަށެވެ. ކޮންމެ ކަމެއް ސަރުކާރުގެ މައި އިދާރާތަކުން މަޖުބޫރު ކުރަންދެން ނުތިބެ އެހެން ރަށްރަށުގައިވެސް އަންނަނީ ސަރުކާރުން ހުއްދަކުރާ ހަމަ ތަކުގައި ސިއްހީ މާހިރުންގެ ލަފަޔާއި އެކު ކަންކަން ރާވާ އިންތިޒާމް ކުރަމުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ހދ އަތޮޅުން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެރަށުގައި ކޮވިޑް-19 އާއި ގުޅުން ހުރި މަޢުލޫމާތު ޕޯސްޓަރުތަށް ހިއްޕާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުރިފަރާތަށް ދުނިޔޭގައި ކަމެއް ހިނގައިގެން އުޅޭކަމުގެ އިހުސާސްވެސް ނުކުރެވޭ ކަހަލަ، އެއްކޮފީއިން އަނެއް ކޮފީއިން، ބެގީކޮށްލައިގެން ޓައީ އަޅާލައިގެން ސިގިރޭޓު ބުއިން ނޫންކަމެއްނެތް، ޝަކުވާ ކުރާއިރަށް ބުނާނެ ޕެނިކް ނުވާށޭ ހަމަޖެހޭށޭ.

އެރަށުން ވާހަކަ ދެއްކި ޒުވާނަކު ކަންބޮޑުވުން ހިއްސާކުރިއެވެ.

އޭނާ ގަބޫލު ކުރާގޮތުގައި އެއީ އެރަށުގައި އެކަން ވެގެންވާނެ ގޮތެއްނޫނެވެ. ސަރުކާރާއި ސުކޫލުތައް ބަނދުވުމާއި ގުޅިގެން މިދުވަސް ވަރު މާލޭގައި އަދި އެހެން ރަށްރަށުގައި އުޅޭ ފަރާތްތަކުން އަދި ހާއްސަކޮން ރިސޯޓު ތަކުގައި އުޅޭ ރަށު މީހުން ރަށް އަރާއިރު އެއްވެސް ވަރަކަށް ސްކްރީ ނުކުރާކަމަށް އެއިނާ ބުނެފައިވެއެވެ.

އެހެން ރަށަކުން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެރަށު ރައްޔިތުން ތިބީ ވާނުވާގައި ކަމަށެވެ. ރަށުގެ ސިއްހީ ނިޒާމް އޮތް ގޮތުން އަދި ޓާސްކްފޯސްގެ ލޮނުމަޑު ކަމުން ރާއްޖޭގެ އެހެން ރަށްރަށުގައި ތައްޔާރުވެފައިވާ މިންވަރު ހަބަރު ތަކާއި މީސްމީޑިޔާގެ ޒަރިއްޔާއިން ފެންނަމިންވަރާ އަޅާ ބަލާއިރު އެރަށުގައި އެކަން އެކަށީގެންވާ މިންވަރަށް ކުރިއަށް ނުދާކަން ފާހަގަކުރިއެވެ.

އެއިނާ އިތުރަށް ބުނީ ކައުންސިލް އަދި މަރުކަޒުގެ ފޭސްބުކް ޕޭޖުގައި އެޗްޕީއޭއިންދޭ އިރުޝާދާއި ލަފާ ހިއްސާކުރުމުން އެކަނި ނުފުދޭކަމަށެވެ. މިވައިރަސްގެ ނުރައްކާ އެންމެ ބޮޑު އިސް ރަށްވެހިންނަށް މިކަމުގެ މަޢުލޫމާތު ހިއްސާކޮށް އެފަރާތްތައް އަހުލުވެރިކުރުވަން ޖެހޭކަމަށެވެ. އެފަރާތްތަކަށް އަތްދޮވުމާއި ސާފުތާހިރުވުމާއި އެފަދަ ހާދިސާއެއް ރަށުގައި ދިމާވެއްޖެ ހާލަތެއްގައި ކަންކުރަންވީގޮތާއި ހުސްވަގުތު ތަކުގައި ގޭގައި މަޑުކޮށް ވީހާވެސް މަދުން ބޭރުތެއަށް ނިކުމެއުޅުމުގެ މުހިންމުކަން އަންގައިދޭން ޖެހޭކަމަށް އެއިނާ ބުނެފައިވެއެވެ.

އަސްލު ހަޤީގަތުގައި ރިސްކު އޮތީ ހަމަ އެކަނި މާލެއަކަށް ރިސޯޓުތަކަށް އެކަންޏެއްނޫން، އަޅުގަނޑަށް ހީވަނީ މިރަށުގައި މިކަން މާ އީޒީކޮން ނަގާހެން، ކަމުގެ ސީރިއަސްކަން އަދި ނުވިސްނެނީހެން، ފަރުދީ ޒިންމާ ނަގައިގެން އަޅުގަނޑު އެކަނި ގޭގައި އޮތަސް މިކަމެއް ނުވާނެ، މިމުޖުތަމައުގަ އުޅޭ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ، މިކަމުގެ ޒިންމާ ނަގަން ތިބީ މިކަންކަމާއި ޒިންމާ ހަވާލުވެތިބި މީހުން، އެއީ ކައުންސިލް ތަކާއި މަރުކަޒުގެ ވެރިން، ސިޔާސީ ކަންކަމުގައި ކަށިން ހިތްވަރު ނެރެގެން ދައްކާ ފޯރި މިކަމުގައި ނުފެނޭ

ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެއްްގެ ޒުވާނަކު މަޢުލޫމާތު ހިއްސާ ކުރަމުން ބުނެފައިވެއެވެ.

މީގެ އިތުރުން ހއ. އަތޮޅުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައިވެސް އެކަށީގެންވާވަރަށް އިންތިޒާމްތައް ރޭވިގެން ކުރިއަށް ނޫދާކަމަށެވެ. ރަށުގައި ރާއްޖޭން ބޭރަށްގޮސް އައިސް ވާމީހުން ނުވަތަ ރިސޯޓު ތަކުގައި އުޅެފަ ޗުއްޓީއަށް، އޮފްޑޭއަށް އައިސް އުޅޭ މީހުން ވެސް ރަށުގައި މިވަގުތު އުޅެމުންދާކަން ފާހަގަ ކުރިއެވެ. އެމީހުންގެ މަޢޫލޫމާތު ހިއްސާ ކުރަންޖެހޭ އެއްވެސް ތަނެއް އެރަށުގައި އަދި ނެތްކަން ފާހަގަ ކުރިއެވެ. މިކަމަކީ ކުރަން މަޖުބޫރު ކަމަކަށް ނުވިއަސް ޓާސްކްފޯސްއެއް ހަދައިގެން މަސައްކަތް ތަކެއް ކުރާނަމަ ރަށު ފެންވަރުގައި މިކަން ކަން ބެލެން ވާނެކަމަށް އެއިނާ ފާހަގަ ކުރިއެވެ.

މިފަދަ ބޮޑު ކަމެއް ދުނިޔޭގައި ހިނގައިގެން އުޅޭއިރު ރަށުފެންވަރުގައި ކަންކަން ރާވާ އިންތިޒާމް ކުރަން ތިބޭނީ ރަށު ކައުންސިލްތަކެވެ. ސިއްހީ މިފަދަ ބޮޑު ކަމެއް ދިމާވެގެން އުޅޭ އިރު ކޮންމެ ރަށެއްގެ އިސް ސަފުގައި އޮންނަންވާނީ އެރަށެއްގެ ސިއްޙީމަރުކަރުގެ އިސްވެރިންނެވެ. މިއާއި އެކު ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި ރަށުގެ ޒުވާނުން އަދި ހަރު މީހުން މި މުވައްސަސާތަކަށް އެއްބާރުލުން ދޭން ވާނެއެވެ. ރަށުގެ ޓާސްކްފޯސްތަކާއި ރަށުގެ އިސްސަފުގައި ތިބި ފަރާތްތަކުން އަންގާ އެންގުންތަކަށް ރައްޔިތުން ތަބާވާންވާނެއެވެ. މިފަދަ ކަންކަން މަތިކުރެވިފައިވާ ފަރާތްތަކުން އެކަންކަން ނުކޮށް ފަހަތުފަޔަށް ބުރަވާނަމަ އެކަންކަން ހަނދާންކޮށްދީ ޒިންމާދާރުކުރުވުމަކީ ރަށު ރައްޔިތުންގެ ޒިންމާއެކެވެ. މިކަން ކަމަކީ ވަކިފަރުދެއްގެ ރައްކަލަށް ކުރަންއޮތްކަމެއް ނޫނެނެވެ. މިއީ އެމުޖުތަމައެއްގައި އުޅޭ ހުރިހާ އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން މިވަގުތަށް މަޖުބޫރު ކަމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކިތަންމެ ބުރަ މަސައްކަތެއްކުރިޔަސް މީޑިޔާ އަށް ތިލަ ނުވާނަމަ ކުރާކަމަކަށް ނުވޭ…ކުޑަކަމެއް ކުރިޔަސް ނޫހަށް ޚަބަރު ގޮސް ވައިރަލް ވީމަ ފާހަގަވޭ…އެކަމަކު ގޯތި ގެދޮރު ރަށުތެރޭގެ ސާފުތާހިރު ކަން އިސްތިހާރު ވާ ރަށްރަށުގަ މާ ހަޑި މުޑުދާރު ރިއަލިޓީ….

  2. މިއާޓިކަލްގަ ވާގޮތާއި ހދ.ވައިކަރަދޫގަ ކަން ހިނގާ ގޮތާވަރަށް ވައަތަރު ބުނާތީ އިވޭ ހދ. މަކުނުދޫމީހުން މޮޔަވެގެނޭ އެއުޅެނީ އޭދެން މާބޮޑުވަރޭ މީވައިކަރަދޫ ގެ އިދާރާއެއްގެ ވެރި އަކު ހޮޅުއަށިގައި ބުނި ވާހަކައެއް… އަޅުގަނޑުގެ ނަޒަރުގައި މިކަމަށް ވަރަށް ބޮޑައް ރަށްކާތެރިވާންޖެހޭ

  3. މިއާޓިކަލްގަ ވާގޮތާއި ހދ.ވައިކަރަދޫގަ ކަން ހިނގާ ގޮތާވަރަށް ވައަތަރު ބުނާތީ އިވޭ ހދ. މަކުނުދޫމީހުން މޮޔަވެގެނޭ އެއުޅެނީ އޭދެން މާބޮޑުވަރޭ މީވައިކަރަދޫ ގެ އިދާރާއެއްގެ ވެރި އަކު ހޮޅުއަށިގައި ބުނި ވާހަކައެއް… އަޅުގަނޑުގެ ނަޒަރުގައި މިކަމަށް ވަރަށް ބޮޑައް ރަށްކާތެރިވާންޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި