މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ.
އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި މަކުނުދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
(2/2) nethi hurihaa khidhumaithakeh foarukohdhevvaane kamuge yageenkan erashuge rayyithunnashaai Fenaka muvazzafunnah aruvaifi. #TeamFenaka
— Fenaka Corporation Ltd (@TeamFenaka) February 28, 2020
ރ އަތޮޅު އަދި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ފެނަކަ އެމްޑީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެދެރަށުގެ އިންޖީނުގެއަށް ވަޑައިގެން ހާލަތު ބައްލަވާލައްވާފައިވެއެވެ.
އެމްޑީ ސައީދުގެ މިދަތުރާއި ގުޅިގެން ރާއީ ވިދާޅުވީ ފެނަކަ އެމްޑީ ސައީދު އަޅުގަނޑުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވާ، ވަރަ އަވަސް ދަތުރު ފުޅެ ކުރައްވާ މަކުނުދޫ އަދި ކުމުންދޫގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވާދެއްވާ އެކަންކަމަށް އަވަސް ހައްލު ހޯއްދަވައިދެވުމީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މަކުނުދޫ އަދި ކުމުންދޫގައި ފެނަކައިގެ އާއިމާރާތުގެ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ، އަދި ކުމުންދޫ އަށް 400 މެގަވޯޓުގެ ޖެންސެޓެއް ލިބިގެން ދާނެ،
ރާއީ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްތަކުގައި އެކުންފުނިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަމުންނެވެ. އަދި ފެނަކައިގެ އޮފީސްތައް ނެތް ރަށްރަށުގައި އޮފީސްތައް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!