ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން މަކުނުދޫގައި ފާހަގަ ކޮށްފި

0B7AB031-9570-409C-8BAD-07939099BAA3

އެން.އައި.އީ އާއި މަކުނުދޫ ސުކޫލު އަދި މަކުނުދޫ ސކައުންސިލުން ގުޅިގެން ހިންގި ބުރިޖިންގ ޕޮރޮގުރާމު ރޭ މަކުނުދޫ ސުކޫލުގައި ބޭއްވިގެން ދިޔަ ކުލަ ގަދަ ހަފުލާއަކާއެކު މަކުނުދޫ ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން ފާހަގަ ކޮށްފިއެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ސާމީއެވެ.

މި ޕޮރޮގުރާމްގެ ނިންމުން ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމުގެ މަޤުސަދަކީ ބައިވެރިވި ދަރިވަރުންނަށް ހިތްވަރުދީ، މި ޕޮރޮގުރާމާއި ދޭތެރޭ އޮންނަ ޝައުގުވެރިކަން އިތުރު ކުރުން ކަމުގައި ސުކޫލު ފަރާތުން ވާހަކަ ދެއްކެވި ސުކޫލުގެ ޕުރިންސިލް މުޙައްމަދު ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މިކަހަލަ ޕޮރޮގުރާމް ހިންގުމަކީ އެބޭފުޅުން ނުހަނު ކުރާހިތުން ކުރައްވަވާ ކަމެއްކަމާއި، އެއީ ބެލެނިވެރިންގެ ހިތްތަކުގައި ކިޔެވުމުގެ ރޫޙު އާލާކުރުމަށް ނުހަނު މުޙިންމު ކަމެއްކަމުގައިވެސް ވަނީ އެބޭފުޅާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައެވެ.

ކައުންސިލްގެ ރައީސް ޙުސައިން ސާމީގެ ވާހަކަފުޅު ވެގެންދިޔައީ ބައިވެރިންނާއި މިކަން ހިންގަވާފަރާތަކަށް އުންމީދުން ފުރިގެންވި ވާހަކަތަކަކަށެވެ. އެގޮތުން ކައުންސިލުން އަންނަ އަހަރު މި ޕޮރޮގުރާމުގައި މިއަހަރަށްވުރެ ބޮޑު ރޯލެއް ފެނިގެންދާނެކަމާއި، ރަނގަޅު ބަޖެޓެއް ކައުންސިލަށް ލިބިއްޖެނަމަ  ޕޮރޮގުރާމުގެ އިދާރީ އަދި އެހެނިހެން ކުރަންޖެހޭ ހުރިހާ ހަރަދެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވަނީ އަރުވާފައެވެ. މީގެ އިތުރަށް އަންނަ އަހަރުގެ ބައިވެރިންނަށް ލައިބުރަރީގެ ޙާއްސަ ޙިދުމަތްވެސް ފޯރު ކޮށްދޭނެކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ.

ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިންގެ ޝޫޢޫރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަަކަކާވެސް އެކުގައެވެ. އެގޮތުން ބައިވެރިންގެ ޝުޢޫރުގައި މި ކަހަލަ ޕޮރޮގުރާމެއްގެ މުހިންމުކަމާއި ބޭނުންތެރިކަން ނިކަން ރަނގަޅަށް ފާހާގަ ކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުން ޕޮރޮގުރާމް ކުރިއަށް ގެންދެވީ ދެ ހައުސް އަކަށް ބަހާލައިގެން ވާދަވެރި ކަމާ އެކުގައި ކަމުން ބޭއްވުނު އެކި ހަރަކާތްތަކުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ހަވާލު ކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިނާމުތަކަކީ ކައުންސިލްގެ ފަރާތުން ހުށަހެޅި އިނާމުތަކެކެވެ.

މިޕޮރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޙާއްސަކޮށް އެން.އައި.އީ އަދި ރަށުކައުންސިލްތަކާއި ސުކޫލުތަކުން ރާވާ ހިންގަވާ ޕޮރޮގުރާމުތަކެކެވެ. މިއަހަރު މަކުނުދޫން މި ޕޮރޮގުރާމުގައި ހަތްދިހަ އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިއީ ޕްރޮގްރާމްގެ ނިންމުމެއް ނޫން. މިއީ އަހަރަށް ރޭވުނު ހަރަކާތްތަކުގެ ނިމުން ފާހަގަ ކުރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި