ކުމުންދޫގައި ކުރިއަށް ގެންދިޔަ ފަހާކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކޮށްފި
ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ އާފިޔާ ޔޫސުފާއި ގުޅިގެން ކުމުންދޫގައި ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ފަށާފައި ވަނީ 04 ފެބްރުއަރީ 2022 ގައެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 20 ފެބްރުއަރީ 2022 ގައެވެ. ކޯސް […]