ހދ. ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ ޢާފިޔާ ޔޫސުފް އާއި ގުޅިގެން ހިންގުމަށް ނިންމާފައިވާ ކޯހެކެވެ.
މިއަދުން ފެށިގެން މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ކޯހުގެ މުއްދަތަކީ 15 ދުވަހެވެ. މި ކޯސް ފަށަން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވީ، މިކޯސް ކުރިއަށް ގެންދެވޭނީ 25 ބައިވެރިން ހަމަވާނަމަ ކަމަށެވެ.
ކޯހުގެ ފީއަކީ 1500 ރުފިޔާކަމަށް ކަނޑައަޅާފައިވާއިރު، ކޯހަށް ބޭނުންވާ ތަކެތި ކޯސް ހިންގައިދޭ ފަރާތުން ފޯރުކޮށްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ މަ މަހުގެ 18 ވަނަ ދުވަހެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން 9195918 ނުވަތަ 9860047 ނަންބަރަށް، ބައިވެރިވާން އެދޭ ފަރާތަށް ގުޅޭނެ ފޯނު ނަންބަރާއި، އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރުމަށް ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެދެއެވެ.
ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދެއްވާގޮތުގައި، ކުމުންދޫގައި ތިބި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންކުރެ، ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެއްވެސް ފީއަކާއި ނުލާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތުދޭން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!