މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި
ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކު މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. މި ރަސްމިއްޔާތުގައި، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު...