ހއ. މުރައިދޫން ކޯވިޑް19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ގެނައުން 15 ދުވަސް ފަހުން އުވާލައިފިއެވެ.

އެރަށް މޮނިޓަރިން އަށް ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

Ad
rt

މުރައިދޫ މޮނިޓަރިންގެ ހާލަތުން ނެގި ކަން އެރަށު ކައުންސިލަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުރައިދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެރަށުގައި ޕޮޒިޓިވް 17 މީހަކު އެބަތިއްބެވެ.

މިހާތަނަށް އެރަށުން 268 ސާމްޕަލް ނެގިފާވާއިރު ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 31 މީހުންނެވެ. މީގެތެރެއިން 14 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.