ޗައިނާއިން އެމެރިކާގެ ކޮންގްރެސް ކޮމިޓީގެ މުވައްޒަފުންގެ އީމެއިލްތައް ހެކްކޮށްފި: ރިޕޯޓް
“ސޯލްޓް ޓައިފޫން” ގެ ނަމުން މަޝްހޫރުވެފައިވާ ބޮޑު ސައިބަރ ޖާސޫސީ ކެމްޕޭނެއްގެ ދަށުން، ޗައިނާއިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ނުފޫޒުގަދަ ކޮމިޓީތަކުގެ މުވައްޒަފުން ބޭނުންކުރާ އީމެއިލްތައް ހެކްކޮށްފައިވާ ކަމަށް، މިކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް (އެފް.ޓީ) އިން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، ޗައިނާއިން ވަނީ ހަ...