ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި
ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނ...