ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ
ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ...