މާދަމާއިންފެށިގެން، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ.

Ad
rt

މިގޮތުން މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ހުއްދަ ދީފައިވާ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެ އޭޖެންސީން ބުންޏެވެ.

މާދަމާ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަންފަށާާއިރު، އެ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާނީ މާލޭ ސިޓީގެ ޝޯސަލް ސެންޓަރ، އިސްލާމީ މަރުކަޒު، ހުޅުމާލޭ ފްލޫ ކްލިނިކް، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ޓްރީޓޮޕް ހޮސްޕިޓަލް އަދި ރައްޔިތުންގެ މަޖިލިސްގަ އެވެ.

18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ވެކްސިން ޖަހާ މަރުކަޒުތަކުން އެ ޚިދުމަތް ދޭނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ.

ސިނޯފާމް ވެކްސިންގެ 2 ލައްކަ ޑޯޒް ޗައިނާ ސަރުކާރުން ވަނީ ހަދިޔާ ކޮށްފައެެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާ ސަރުކާޒރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ ވެސް2 ލައްކަ ޑޯޒު އެ ގައުމުން ރާއްޖެއަށް ހަދިޔާ ކުރިއެވެ.