ސްވިޑްން ސަރުކާރުން ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ ކުށްވެރިކޮށް އަޑު އުފުލަން ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި
ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. “މާތްﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި...