މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕީއެންސީ

567 Stories filed
ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންނަކީ އީޖާދީ އައު ވިސްނުމާއި ލާމަރުކަޒީ ތަޖުރިބާއާއި ނިޒާމަށް އެންމެ ފަރިތަ ޓީމު: ނަދީމް
Thiladhunmathi News

ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންނަކީ އީޖާދީ އައު ވިސްނުމާއި ލާމަރުކަޒީ ތަޖުރިބާއާއި ނިޒާމަށް އެންމެ ފަރިތަ ޓީމު: ނަދީމް

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނޮޅިވަރަންފަރު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ތަޖުރިބާއާއި އީޖާދީ އައު ވިސްނުމުގެ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޓީމު ކަމަށް ޕީއެންސީގެ ޓިކެޓްގައި ހދ. ނޮޅިވަރަންފަރު ކައުންސިލަށް ވާދަކުރަށްވާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ ނޮޅިވަރަންފަރުގައި ޕީއެންސީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަދީމް ވިދާޅުވި ގޮ...

ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި ރައީސް މިއަދު މައްޗަންގޮޅީ މެދު ދާއިރާއަށް
Raajje

ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި ރައީސް މިއަދު މައްޗަންގޮޅީ މެދު ދާއިރާއަށް

ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފި އެވެ. މިއީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ފެށި މި ހަރަކާތުގެ ދެވަނަ ބުރުގެ ދަށުން ރައީސް ކުރިއަށްގެންދެވި ޒިޔާރަތެކެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަން...

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެނޭ: ރިޔާޒް
Raajje

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެނޭ: ރިޔާޒް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެންނަކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. ރިޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ މީޑިއާއިން ކުރީގެ މަޖިލިސް މެމްބަރުންނާއެކު ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެ...

އަމިއްލަ ކެންޑިޑޭޓު އިބްރާހިމް، ޕީއެންސީގެ ކެންޑިޑޭޓު އަރީޝްއަށް ތާއީދުކޮށްފި
Raajje

އަމިއްލަ ކެންޑިޑޭޓު އިބްރާހިމް، ޕީއެންސީގެ ކެންޑިޑޭޓު އަރީޝްއަށް ތާއީދުކޮށްފި

ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ތާއީދު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކެންޑިޑޭޓް މުޙައްމަދު ޢަރީޝްއަށް ދިނުމަށް ނިންމައިފިއެވެ. އިބްރާހިމް އަބޫބަކުރު މި ނިންމުން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ. މި ނިންމުން ހާމަކުރަމުން އޭނާ ވިދާޅުވެފައި ވަނީ ޕާޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް އޭނާ...

ޤާނޫނުއަސާސީއަށް ބަދަލު ގެންނަނީ ޤައުމަށް މަންފާ ހޯދައިދިނުމަށް، ވަކި ބަޔަކު ރުއްސާކަށްނޫން: ޝުޖާއު
Raajje

ޤާނޫނުއަސާސީއަށް ބަދަލު ގެންނަނީ ޤައުމަށް މަންފާ ހޯދައިދިނުމަށް، ވަކި ބަޔަކު ރުއްސާކަށްނޫން: ޝުޖާއު

ޤާނޫނުއަސާސީއަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ޤައުމަށް މަންފާ ހޯދައިދިނުމަށް ކަމަށާއި، އެއީ ވަކި ބަޔަކު ރުއްސަން ކުރާކަމެއް ނޫންކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހުޅުމާލެ އުތުރު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޝުޖާއު ވިދާޅުވީ، ޤާނޫނު ހަދާ މަޖިލިސް ހިނގާ...

ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިފި
Thiladhunmathi News

ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިފި

ހދ.ނޮޅިވަރަމް ޕީއެންސީ ޖަގަހަ ރޭ ހުޅުވައިފިއެވެ. ނޮޅިވަރަމްގައި ރޭ ބޭއްވި އިވެންޓެއްގައި މި ޖަގަހަ ހުޅުވައިދެއްވީ ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްއެވެ. މުހައްމަދު އިސްމާއީލަކީ ލޯކަލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހދ. އަތޮޅުގެ ކެމްޕޭނާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ. އޭނާ ހިމެނޭހެން ޕީއެންސީގެ ވަފުދެއް މިހާރު ދަނީ ހދ. އަތޮޅުގެ ރަށްތަކަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ ދަތުރެއް ކުރަމުންނެވެ. ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިދެއް...

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ބިނާކުރުވަނިވި އަދި އީޖާދީ ވިސްނުމުގެ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އިއްޔެ އެ ސިޓީއަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެ...

ރައީސް މުއިއްޒުގެ ލޭންޑު ޔޫސް ޕްލޭން އެމްޑީޕީން ހިފެހެއްޓި ވާހަކަ ޝުޖާއުގެ ދުލުން
Raajje

ރައީސް މުއިއްޒުގެ ލޭންޑު ޔޫސް ޕްލޭން އެމްޑީޕީން ހިފެހެއްޓި ވާހަކަ ޝުޖާއުގެ ދުލުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު އެކުލަވާލި ލޭންޑު ޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ވެރިކަމުގެ ހައުސިން މިނިސްޓްރީން ހިފަހައްޓާފައިކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. މެމްބަރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. މެމްބަރު ވިދާޅުވީ 11 އަހަރުގެ މާޒީއަކަށްފަހު މާލޭ ސިޓީގެ މޭޔަރަކަށް ރައީސް މުއިއްޒ...

މައްސަލަތައް ހައްލުވާނީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން: ޝުޖާއު
Thiladhunmathi News

މައްސަލަތައް ހައްލުވާނީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން: ޝުޖާއު

މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ނިމުން އައިސް ކަންކަން ހައްލުވާން އޮތީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ހުރަސްއަޅަމުން ގެންދިޔަ...

ހުޅުމާލެ ދެކުނަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކުރަނީ
Raajje

ހުޅުމާލެ ދެކުނަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކުރަނީ

މަގުތައް މަރާމާތުކުރުން ހިމެނޭހެން ހުޅުމާލެ ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފެށިގެންދާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވާދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖި...

ކެންޑިޑޓުންނާ ސަޕޯޓަރުންނާ ޕީއެންސީންގެ ލީޑަރޝިޕާއެކު މާލޭގައި ސައިކަލް ބުރެއް
Raajje

ކެންޑިޑޓުންނާ ސަޕޯޓަރުންނާ ޕީއެންސީންގެ ލީޑަރޝިޕާއެކު މާލޭގައި ސައިކަލް ބުރެއް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ޕާޓީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަދި ލީޑަރޝިޕް ބައިވެރިވި ބޮޑު ސައިކަލު ބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ޕާޓީގެ ވަރުގަދަކަން ދައްކާލުމަށާއި ކެމްޕޭން ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސައިކަލު ބުރު ފެށީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ދަތުރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށްފަހު ނިންމާލާފައިވަނީ...

ރެފަރެންޑަމް ވޯޓުގައި ދުސްތޫރާ ހިލާފު ކަމެއް ނެތް: ފަތުހީ
Raajje

ރެފަރެންޑަމް ވޯޓުގައި ދުސްތޫރާ ހިލާފު ކަމެއް ނެތް: ފަތުހީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ނަގާ ރެފަރެންޑަމްގައި ދުސްތޫރާ ހިލާފު ކަމެއް ނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ. ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ރައްޔިތުން ހޭލުތެރިކުރުމަށް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ “އާނއެކޭ” ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކ...

ޖާބިރު އެދިލެއްވީ ދެ އިންތިހާބު އެއް ދުވަހެއް ބޭއްވުމުން ގެއްލުންވާ ސަބަބުތައް ކިޔައިދިނުމަށް
Raajje

ޖާބިރު އެދިލެއްވީ ދެ އިންތިހާބު އެއް ދުވަހެއް ބޭއްވުމުން ގެއްލުންވާ ސަބަބުތައް ކިޔައިދިނުމަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވަމުން އަންނައިރު، ރައްޔިތުންނަށް މިކަމުން ވާނެ ގެއްލުމުގެ ތަފްސީލުތައް ވިދާޅުވެދެއްވުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ރ...

އެމްޑީޕީން އުޅެނީ މަސްލަހަތު ނަގާލަން، މަޖިލިސް މެމްބަރުންނަށް ބަންދެއް ނެތް: މުހައްމަދު
Raajje

އެމްޑީޕީން އުޅެނީ މަސްލަހަތު ނަގާލަން، މަޖިލިސް މެމްބަރުންނަށް ބަންދެއް ނެތް: މުހައްމަދު

އިދިކޮޅު އެމްޑީޕީން އުޅެނީ ގައުމުގެ މަސްލަހަތު ނަގާލަންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަންދެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެެވެ. މެންބަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ އަވަށުގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވުމަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަަޑައިގަތުމަށް ރައީސް އެ އ...

އެމްޑީޕީއަށް ވައުދު ނުފުއްދެނީ އެތެރޭގެ ކޯޅުމާ ހެދި: އަލީ އާރިފް
Raajje

އެމްޑީޕީއަށް ވައުދު ނުފުއްދެނީ އެތެރޭގެ ކޯޅުމާ ހެދި: އަލީ އާރިފް

ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވީ ވައުދުތައް މެންޑޭޓާ އެއްގޮަށް ނުފުއްދުނީ ޕާޓީގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި މީޑިއާ އަށް ދެއްވި ބަސްދީގަަތުމ...