އަޅުގަނޑު ތާޢީދުކުރަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް: ރައީސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާޢީދު ކުރައްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ހުޅުމާލެ ދެކުނު ދާއިރާގައި ދޮރުންދޮރަށް ހިންގެވުމަށްފަހު މިއަދު ރައީސް ވިދާޅު...