މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ޖަލްސާ ފެށިއްޖެ
ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ. މާލޭގެ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި ޖަލްސާއަށް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަރީ 16:40 ހާއިރުއެވެ. މުޢިއްޒު ވަޑައިގަތުމާއެކު ޤައުމީ ސަލާމަށްފަހު، ކީރިތި ޤުރްއާންގެ ބަރަކާތުން ޖަލްސާ ވަނީ ފެށިފައެވެ. މުޢިއްޒު ހުވާކުރެއްވުމަށްފަހު ހުސައިން މުޙައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބުކަމުގެ ހުވާ ކުރައްވާނެއެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ 81 މެންބަރުންކަމަށާއި...