ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (37)
ކުރީގެ އަދަދާއި ގުޅޭ: ވަގުތު ބޭކާރު ނުކޮށް، އަހަރެން ތެދުވީމެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ވަގުތު ބަހުގެ ދޮރު ލައްޕާލުމަށްފަހު ބަސް ދުއްވާލައިފިއެވެ. އެއާއެކު، ލިލީއާއެކު ވެއްޓިދާނެތީ އަހަންނަށް މަޖުބޫރުވީ ގޮނޑީގައި އިށީންނާށެވެ. އޭރު ވެސް އަހަރެން މަސައްކަތް ކުރީ ހުސެން ފެނޭތޯއެވެ. ނަމަވެސް ބާރު ދުވެލީގައި ދިޔަ ބަސް އޭނާ ފަހަނަ އަޅާ ގޮއްސިއެވެ. ބަހުން ފޭބި ގޮތަށް ފަސްއެނބުރި ވެސް އެ ފްލައިޓާ ދިމާލަށް އަހަރެން ބެލީމެވެ. ހީވާ ގޮތުން އެ ފްލައިޓް އޮތީ ނައްޓާލަން ތައްޔާރަށެވެ. […]