އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.

Ad
rt

މިގޮތުން މާލީ ވަޒީރު މުހަންމަދު ޝަފީގަށް ރުހުން އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ތައުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު އަށް ރުހުން ލިބުނީ 55 ވޯޓުންނެވެ. ޝަފީޢުއަށް ރުހުން ނުދޭން 9 މެންބަރަކު ވޯޓު ދެއްވިއެވެ.

ސިއްހަތާބެހޭ ވަޒީރު ޢަބުދުﷲ ޚަލީލަށް 69 ވޯޓާއެކު ރުހުން އޮތްކަމަށް ފާސްވިއިރު، ވިޔަފާރިއާއި އިގްތިސޯދާބެހޭ ވަޒީރު މުހައްމަދު ސައީދަށް ރުހުން ލިބުނީ ކިރިޔަކިރިޔާއެވެ. އެއީ ފާސްވާން ބޭނުންވާ 35 ވޯޓުގެ އިތުރުން 2 ވޯޓާއެކު 37 ވޯޓު ލިބިގެންނެވެ.

މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިހާމަށް ރުހުން އޮތްކަމަށް 69 މެންބަރަކު ވޯޓު ދެއްވިއިރު، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ފައިސަލަށް ރުހުން އޮތްކަމަށް ފާސްވީ 57 ވޯޓުންނެވެ.

ޢާއިލާއާއި އިޖްތިމާއީ ތަރައްގީއާއި ބެހޭ ވަޒީރު އައިޝަތު ޝިހާމަށް ވެސް ރުހުން އޮތްކަމަށް 69 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ކުޅުވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު އަށް ރުހުން އޮތްކަމަށް 70 ވޯޓު ލިބިވަޑައިގަތެވެ.