އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.
މިގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް އަށް ރުހުން އޮތްކަމަށް ފާސްވީ 69 ވޯޓުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހަންމަދު އަމީނަށް ރުހުން އޮތްކަމަށް ފާސްވީ 67 ވޯޓުންނެވެ.
- ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަސީރު - 63 ވޯޓު
- މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ - 66 ވޯޓު
- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު، އަބްދުﷲ މުއްތޮލިބު - 70 ވޯޓު
- ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އައިޝަތު ރަމީލާ - 70 ވޯޓު
- ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު، އިބްރާހީމް ވަހީދު - 68 ވޯޓު
- ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް - 70 ވޯޓު
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަންޑާރަނައިބު އަހްމަދު އުޝާމް އާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަދި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ފިޔަވައި ހުރިހާ ވަޒީރުންނަށް ރުހުންދޭން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!