ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިފަދަ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެމްޕޭންގައި ވެވަޑައިގެންފާ ވަޢުދުފުޅެކެވެ.
މި ފަދަ އެއްބަސްވުންތައް ހާމަކުރާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ޢަބުދުﷲ ޚަލީލް ވިދާޅުވީ، އެ އެއްބަސްވުންތައް ހާމަކުރުމަށް މިހާރު ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ފިރުޒުލް މިހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް އުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 4 ހަފުތާތެރޭ ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!