ތިލަދުންމަތީ ހުނަރުވެރިން: ށ. މިލަންދޫއިން ފޮޓޯނަގާ މާޚް!

maah

ލިބޭ ހުސްވަގުތު ފުރާލުމަށްޓަކައި ބޭނުންތެރި މަސައްކަތެއް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް އެތައްފައިދާތަކެއް ކުރުވައެވެ. ހުސްވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރެވުމެވެ . އެ ވަގުތުގައި ކުރެވޭ އިތުރު މަސައްކަތުން އާމްދަނީއެއް ހޯދުމުގެ އިތުރުން، ކުރާހިތްވާ ކަމެއް ކޮށްލެވުމުން ހިތަށާއި ނަފްސަށް ލިބިދޭ އުފާވެރިކަމެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ވަރަށްގިނަ ޒުވާނުން، އެ ޒުވާނުންގެ ހުސްވަގުތު ފުރާލުމަށް ޓަކައި ފޮޓޯނަގައިގެން ހިތްހަމަ ޖެހުން ހޯދައެވެ. ނަގާ ފޮޓޯތަށް ސޯޝަލް މީޑިއާގެ އެކިވަޞީލަތްތައް މެދުވެރިކޮށް ހިއްސާކޮށް ގިނަބަޔަކުގެ ލޯބި ހޯދައެވެ. މީގެއިތުރުން މާލީ މަންފާ ވެސް ހޯދަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މިގޮތުން މި ރިޕޯޓް މި ހާއްޞަ ކޮށްލަނީ ށ.މިލަންދޫ، އަލީ މާޚް، (MaaRkh.mv) އަށެވެ.

އުމުރުން ވަރަށް ހަގުއިރުންސުރެ ފޮޓޯނެގުމަށް ލޯބިކުރަމުން އަންނަ މާޚް ވެސް ފޮޓޯނަގަން ފެށީ ހޮބީއެއްގެ ގޮތުގައެވެ. ހޮބީއެއްގެ ގޮތުގައި ފަށައިގަނެ މި މަސައްކަތަކީ ތަފާތު ވިސްނުމުގައި ކުރިއެރުންތަކެއް ހޯދިދާނެ ދާއިރާއެއްކަމުގައި މާޚްއަށް ޤަބޫލް ކުރެވުނެވެ. ވުމާއިއެކު އަދާކުރާ ވަޒީފާގެ އިތުރުން މި މަސައްކަތުގައި މާޚް ކުރިއަށްދާން ނިންމައި ފަށައިގަތެވެ.

While you don't have the moon to stare, You have the beautiful stars.
Koobe

Posted by MaaRkh.mv on Sunday, March 15, 2020

"ފުރަތަމަ ނޯވޭ އަތުގައި އަމިއްލަ ކެމެރާއެއް، ރައްޓެއްސެއްގެ ކެމެރާއިން ފޮޓޯނަގަން ފެށީ، ދެން ބޭބެގެ ކެމެރާއެއް ވެސް ބޭނުންކުރިން"

ފޮޓޯނެގުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާކުރަމުން މާޚް ބުނެފައިވެއެވެ.

މިހާރު މެސްމަރައިޒިން މޯލްޑިވެސްގައި މަސައްކަތް ކުރަމުން އަންނަ މާޚްއަކީ ފޮޓޯނެގުމުގެ ދާއިރާއިން އަމިއްލަ މަސައްކަތުން ކުރިއެރުންތަކެއް ހޯދާފައިވާ ޒުވާނެކެވެ. އިންޓަނެޓްގެ ޒަރިއްޔާއިން އެކިއެކި މަޢުލޫމާތު ހޯދުމުގެ އިތުރުން އަމިއްލަ މަސައްކަތުން މާޚްދަނީ ކޮންމެ ދުވަހަކު ވެސް އައު އެތައްކަމެއް ދަސްކުރަމުންނެވެ. މީގެއިތުރުން މާޚް ވަޒީފާ އަދާކުރާ ކުންފުނިން ވެސް މާޚްއަށް މިކަމުން ކުރިއަށް ދިޔުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އޭނާ ވަނީ އުފަލާއިއެކު ފާހަގަ ކޮށްފައެވެ.

Stone took the view.

Posted by MaaRkh.mv on Wednesday, April 8, 2020

މާޚް އެންމެ ބޮޑަށް ނަގާހިތްވަނީ ޕޯޓްރޭޓް ފޮޓޯއެވެ. ނަމަވެސް އޭނާ އަންނަނީ ތަފާތު އެކިވައްތަރުގެ ފޮޓޯނަގައި ފޮޓޯގްރަފީގެ ދާއިރާގައި އޭނާގެ ކުޅަދާނަކަން ދައްކަމުންނެވެ. މިގޮތުން ލޭންޑްސްކޭޕް ފޮޓޯގްރަފީ، ޕްރޮޑަކްޓް ފޮޓޯގްރަފީ، އިވެންޓް ފޮޓޯގްރަފީގެ އިތުރުން ޑްރޯން ފޮޓޯގްރަފީ، މި ހުރިހައި ވައްތަރެއްގެ ފޮޓޯތައް ވެސް މާޚް އަންނަނީ ނަގަމުންނެވެ. ވީޑިއޯ ގްރަފީއަށް ޝަޢުޤުވެރިކަން ހުރި ނަމަވެސް ބޭނުންވާ ސާމާނު އަދި ހޯދިފައި ނެތުމުގެ ސަބަބުން އެކަން އަދި އޭނާއަށް ފަށައިގަނެވިފައި ނުވެއެވެ.

މާޚް ފާހަގަކުރާ ގޮތުގައި ފޮޓޯނެގުމުގެ ދާއިރާއަކީ  ވެސް ހިތްވަރާއިއެކު މަސައްކަތްކޮށް، އަދި އުނގެނި ދަސްކޮށްގެން ވަރަށް ބޮޑަށް ކުރިއަރައިގެން ދެވިދާނެ ދާއިރާއެކެވެ. ރަނގަޅު އާމްދަނީއެއް ވެސް ހޯދިދާނެ ދާއިރާއެކެވެ.

.
.
.
.
.
.
#portrait #photography #art #photooftheday #portraitphotography...

Posted by MaaRkh.mv on Saturday, November 7, 2020

ފޮޓޯނެގުމުގެ އިތުރުން ފޮޓޯ އެޑިޓްކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ހުނަރުވެސް މާޚް އަންނަނީ ކޮންމެ ދުވަހަކު ވެސް ދަސްކޮށް އަމިއްލަ ފޮޓޯތަކަށް އެކަންކަން އެޕްލައި ކުރަމުންނެވެ. ތަޖުރިބާ ކުރަމުންނެވެ.

ފޮޓޯނެގުމުގެ ދާއިރާއަށް އަލަށް ވަންނަ ކުދިން ފުރަތަމަ "ބިގިނާސް ލެވެލް"ގެ ކެމެރާއެއް ޚިޔާރުކޮށް ކޮންމެ ދުވަހަކު ވެސް އުނގެނެން މަސައްކަތްކޮށް ސްޓެޕްބައި ސްޓެޕްކޮށް ކުރިއަށް ދިއުމަށް ވިސްނުމަކީ އެންމެ ފައިދާ ބޮޑު ގޮތްކަމުގައި މާޚްވަނީ ފާހަގަކޮށްފައެވެ. އަދި ނޭނގޭ ކަންކަން ދަސްކުރުމަށް ދަންނަ މީހުންގެ ކައިރީގައި އަހައި އޮޅުންފިލުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި މާޚް ފާހަގަކުރެއެވެ.

" ."
.
.
.
.
.
#sunset #nature #photography #sky #travel #love #photooftheday #landscape #ig #sunsetphotography #beach

Posted by MaaRkh.mv on Friday, December 25, 2020

މިހާރު މާޚް އެންމެ ބޮޑަށް ފެންނަން ބޭނުންވާ ކުލަ ފޮޓޯއަކީ އަމިއްލަ ސާމާނާއި އަދި މި ނޫންވެސް މި ދާއިރާއިން ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެހާ ތަކެތި ހަމަކޮށް، އަމިއްލަ މަސައްކަތުން ފޮޓޯ ސްޓޫޑިއޯއެއް ހުޅުވުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ށ. އަތޮޅަކީ ތިލަދުންމައްޗަށް ނިސްބަތްވާ އަތޮޅެއްނޫން. ކުރީޒަމާނުގައި ބޮޑުތިލަދުންމަތި ކިޔާއުޅެނީ ހަމައެކަނި ހއ. ހދ. އަތޮޅަށް އެއީ ތިލަދުންމަތީ ދެބުރި ( ތިލަދުންމަތީ އުތުރުބައި އަދި ތިލަދުންމަތީ ދެކުނުބައި ) ށ. އަތޮޅަކީ މިލަދުންމަޑުލު އަތޮޅު ( އެއަތޮޅު އުތުރު އެއީ ށ. އަތޮޅު އެއަތޮޅު ދެކުނު އެއީ ނ. އަތޮޅު ) މިހާރުގެ ކުދިންނަށް މިއީ ވަރަށްބޮޑަށް އޮޅުންއަރާ ޕޮއިންޓަކަށްވާތީ ބުނެލީ. ތާރީޚް އެއީ އޮޅެންވާނެ އެއްޗެއްނޫން. ވައިކަރަދޫގެ އިހުތިބީންނަށް މިވާހަކަ ވަރަށް ރަގަޅަށް އެނގޭނެ. އޭރު ބޮޑުތިލަދުންމަތިން ކަންކަން ރާވާނީ ކުޅުދުއްފުށިންނާއި ދިއްދޫން އެކަމަކު އެއްވެސް ކަމެއްގައި މިލަދުންމަޑުލު އަތޮޅަކުން އެއްވެސް މީހަކު ބައިވެރިއެއް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި